20 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި

އަވަސް

15 ފެބްރުއަރީ 2026 | އާދިއްތަ | 9:56

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުން އާ ސްޓޮކެއް ގެނެސްފި އެވެ.

އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން މިއަދު އައު ސްޓޮކެއް ގެނެސްފައިވާ ކަމަށެވެ. ސްޓޮކް މަދުވުމުގެ ސަބަބުން މިދިޔަ އަހަރުވެސް ބައެއް ރުފިޔާގެ ނޫޓު ގެނެސްފައިވެ އެވެ. ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބާޒާރަށް ނެރުނު ދިވެހި ފައިސާ "ރަން ދިހަ ފަހެއް"ގެ ނޫޓު ސީރީޒްގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާ އެވެ.

މައުޟޫޢުތަށް