ފޭސްބުކް މާކެޓްޕްލޭސްގައި ސްކޭމް ހިންގާ ބިދޭސީއަކު ހައްޔަރުކޮށްފި
އަވަސް
15 ފެބްރުއަރީ 2026 | އާދިއްތަ | 11:40
ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނަކުލް ކޭ ސީ، ނޭޕާލް (23އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. މި މައްސަލައާ ގުޅިގެން ނަކުލް ކޭ ސީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. ފުލުހުން އިތުރަށް ބުނީ މި މައްސަލައިގެ އިތުރުން ނަކުލް ކޭ ސީގެ މިފަދަ އިތުރު މައްސަލަތަކެއް ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.