އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާއިން ނުވަ މީހަކު ޝަހީދުކޮށްލައިފި

އަވަސް

15 ފެބްރުއަރީ 2026 | އާދިއްތަ | 12:12

އިޒްރޭލުގެ ސިފައިން ޣައްޒާއަށް މިއަދު ދިން ހަމަލާތަކުގައި މަދުވެގެން ނުވަ މީހަކު ޝަހީދުކޮށްލައިފި އެވެ.

އާދީއްތަ ދުވަހު އިޒްރޭލުން މި ހަމަލާތައް ދީފައިވަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށްވެސް އަމާޒުކޮށްގެންނެވެ. އިޒްރޭލުން ބުނާ ގޮތުގައި އެ ހަމަލާތަކަކީ ހިޒްބުﷲ ޖަމާއަތުން ހަތިޔާރު ރައްކާކުރުމަށް ބޭނުންކުރާ ގުދަންތަކަކަށް ދިން ހަމަލާތަކެކެވެ. ޣައްޒާގެ ޚާން ޔޫނިސް ސިޓީއަށް ދިން ހަމަލާތަކުގައި ފަސް މީހަކު ޝަހީދުވިއިރު ޣައްޒާގެ އުތުރުގައިވާ އަލް-ފަލޫޖާ ސަރަހައްދުގެ ފޭލިގެއަކަށް ދިން ހަމަލާއެއްގައި އިތުރު ހަތަރު މީހަކު ވަނީ ޝަހީދުވެފަ އެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައި އޮތް ނަމަވެސް، އިޒްރޭލު ސިފައިން ދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހަމަލާތައް ދެމުންނެވެ. އޮކްޓޯބަރު 10 ގައި އެމެރިކާ މެދުވެރިވެގެން ޣައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އަމަލީ ގޮތުން ފެށުނު ފަހުން، އިޒްރޭލުން ވަނީ 1,500 އަށްވުރެ ގިނަ ފަހަރު އެ އެއްބަސްވުމާ ޚިލާފުވެފައެވެ. އެ މުއްދަތުގެ ތެރޭގައި އެކަނިވެސް މަދުވެގެން 591 މީހުން ޝަހީދުވެ، 1,590 މީހުން ވަނީ ޒަހަމްކޮށްލާފަ އެވެ.

މައުޟޫޢުތަށް