ރޯދަ މަހުގެ ރަސްމީ ގަޑި ކަނޑައަޅައިފި
އަވަސް
15 ފެބްރުއަރީ 2026 | އާދިއްތަ | 2:49
މި އަހަރުގެ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ކަނޑައަޅައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ކުރިއެކޭވެސް އެއްގޮތަށް، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ. ހިޖުރައިން 1443ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑި، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ކަނޑައަޅުއްވައިފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މާޗް 6، 2022 ގައި ނެރުއްވި ދެންނެވުމުގަ އެވެ. އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ފެބްރުއަރީ 18 ވަނަ ދުވަހެވެ.