ރޯދަމަހު ޤުރްއާން ހަތިމްކުރުމުގެ ޕްރޮގްރާމެއް

އަވަސް

15 ފެބްރުއަރީ 2026 | އާދިއްތަ | 6:29

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މި އަހަރުގެ ރޯދަމަހު ޤުރްއާން ހަތިމްކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ބުނި ގޮތުގައި މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އުމުރުން 13 އަހަރާއި 16 ދެމެދުގެ ފިރިހެން ކުދިންނަށެވެ. އަދި ފަރިތަކަމާއެކު ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން އެނގުމަކީވެސް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތެކެވެ. މި ޕްރޮގްރާޟް ކުރިއަށްދާނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެންނެވެ.

މި ޕްރޮގްރާމްގެ ކިޔެވުން އޮންނާނީ މިމަހުގެ 18 އިން 26 އަށް މެންދުރުފަހު 2:15 އިން ދޮޅުގަޑިއިރަށެވެ. އަދި ފެބްރުއަރީ 27 އިން މާޗް 19 އަށް ހެނދުނު 10:00 އިން ފެށިގެން ދޮޅުގަޑިއިރަށެވެ. ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ބުނި ގޮތުގައި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މި ޕްރޮގްރާމް ކުރިއަށްދާނީ ހެނދުނު 9:00 އިން ފެށިގެން ދޮޅުގަޑިއިރަށެވެ. މި ޕްރޮގްރާމްގައި ކޮންމެ މިސްކިތަކުން 20 ޖާގަ ހުޅުވާލާފައިވާއިރު ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން ހުށަހަޅަންޖެހެ އެވެ.

މައުޟޫޢުތަށް