ސްޓެލްކޯގެ މުވައްޒަފުންނަށް ދީނީ ނަސޭހަތް ދިނުމުގެ ސެޝަނެއް

އަވަސް

15 ފެބްރުއަރީ 2026 | އާދިއްތަ | 7:44

ސްޓެލްކޯގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ދީނީ ނަސޭހަތް ދިނުމުގެ ހާއްސަ ސެޝަނެއް މިއަދު ބާއްވައިފި އެވެ.

ރޯދަމަހަށް އިސްތިގުބާލު ކުރުމުގެ ގޮތުން ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި ދީނީ ނަސޭހަތް ދިނުމުގެ މި ސެޝަންގައި މުވައްޒަފުންނަށް ދީނީ މައުލޫމާތު ދެއްވީ އައްޝައިހް އަތީފް އަބޫބަކުރު އެވެ. ސްޓެލްކޯގެ އަތޮޅުތެރޭ އިންޖީނުގެތަކުގެ މުވައްޒަފުން ލައިވް ސްޓްރީމްކޮށް މި ސެޝަންގައި ވަނީ ބައިވެރިވެފަ އެވެ.

މި ސެޝަންގައި ޝައިހް ވަނީ ރޯދަމަހުގެ މާތްކަމާއި އެ މަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާނެ ގޮތްތަކާ ގުޅޭގޮތުން އިލްމީ އަދި މައުލޫމާތު މުއްސަނދި ނަސޭހަތާއެކު އިރުޝާދުތަކެއް ދެއްވާފަ އެވެ. މިފަދަ ސެޝަންތަކުގެ މަގުސަދަކީ ރޯދަމަހާ ކުރިމަތިލާއިރު، މުވައްޒަފުންގެ ހިތްތަކުގައި ދީނީ ރޫހު އާލާކޮށް، އަޅުކަމަށް ހާއްސަ ސަމާލުކަމެއްދީ، ހެޔު އަމަލު ކުރުމުގައި ދެމި ތިބުމަށް ހިތްވަރުދިނުން ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް