އަސާސީ ކާބޯތަކެތި އެސްޓީއޯއިން މި ރޯދަމަހު ހެޔޮ އަގުގައި ލިބޭނެ
އަވަސް
15 ފެބްރުއަރީ 2026 | އާދިއްތަ | 8:05
އަސާސީ ކާބޯތަކެތި އެސްޓީއޯގެ އައުޓްލެޓްތަކުން މި ރޯދަމަހު ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އިތުރުކުރެވުނު ބާވަތްތަކާއެކު، ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭހެން އަސާސީ ކާބޯތަކެތީގެ 26 ބާވަތް އެސްޓީއޯގެ އައުޓްލެޓްތަކުން މި ރޯދަ މަހު ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށެވެ.
މީގެ އިތުރުން ރޯދަ މަސް ފެށުމުގެ ކުރިން ހުޅުމާލޭގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވުމަށް ތައްޔާރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.