ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން ރިޓަޔާކުރަން ހުށަހަޅުއްވައިފި

އަވަސް

15 ފެބްރުއަރީ 2026 | އާދިއްތަ | 8:20

ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން އެ މަގާމުން ރިޓަޔާކުރަން ހުށަހަޅުއްވައިފި އެވެ.

އެނގިފައިވާ ގޮތުން ނަވީން ރިޓަޔާ ކުރަން ނިންމަވާ ރަސްމީކޮށް މިއަދު ވަނީ ސިޓީ ފޮނުއްވާފަ އެވެ. ފުލުހުންގެ އިސް ބޭފުޅުންނަށް ނަވީން ފޮނުއްވި މެސެޖުގައި ވިދާޅުވީ ރިޓަޔާކުރަން ނިންމީ ފުންކޮށް ވިސްނުމަށްފަހު ކަމަށާއި ރިޓަޔާ ކުރުމުގެ ވިސްނުން ގެންގުޅޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ. ޕޮލިސް ކޮމިޝަނަރުގެ މަސްއޫލިއްޔަތުތަކުން ދުރުވެ، މުއައްސަސާގެ ލީޑަޝިޕް އޮމާންކަމާއެކު ބަދަލުވާން ފުރުސަތު ދޭން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ނަވީންގެ މެސެޖުގައި ވިދާޅުވި އެވެ. ސީޕީގެ މަގާމަށް ނަވީން އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

ސީޕީގެ މަގާމަށް ނަވީން އައްޔަން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެންމެ ފުރަތަމަ ސީޕީގެ މަގާމަށް އައްޔަންކުރެއްވި އަލީ ޝުޖާއު އޭޕްރީލް 26، 2025 ގައި މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

މައުޟޫޢުތަށް