ކްރޫޒްލައިނާއަކުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް

އަވަސް

16 ފެބްރުއަރީ 2026 | ހޯމަ | 9:43

ކްރޫޒްލައިނާއަކުން 2،500 އަށްވުރެ ގިނަ މީހުން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.

އިއްޔެ ރާއްޖެއައި އެމްއެސް އައިޑާ ވިޓާ ކްރޫޒްލައިނާއިން ރާއްޖެ އައި 1،918 ފަތުރުވެރިންނާއި 635 ކްރޫންނަށް އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުން ވަނީ ކްލިއަރެންސް ދީފަ އެވެ. މި ކްރޫޒްލައިނާ ރާއްޖެ އައީ ސްރީލަންކާގެ ކޮލަމްބޯ އިން ފުރައިގެންނެވެ. މިދިޔަ ހަފުތާގައިވެސް ރާއްޖެއަށް ކްރޫޒްލައިނާއެއް އައިސްފައިވެ އެވެ. މި ކްރޫޒްލައިނާ އިން 2،669 ފަތުރުވެރިންނާއި 1،235 ކްރޫން ރާއްޖެ ޒިޔާރަތްކުރި އެވެ.

މައުޟޫޢުތަށް