ބޮޑުތަކުރުފާނު މަގު ބާޒާރުމަތީ ސަރަހައްދު ދެކޮޅަށް ދުއްވޭ ގޮތަށް ހުޅުވާލައިފި

އަވަސް

16 ފެބްރުއަރީ 2026 | ހޯމަ | 10:53

ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތީ ސަރަހައްދު ތަރައްގީކޮށް ދެކޮޅަށް ދުއްވޭ ގޮތަށް ހުޅުވާލައިފި އެވެ.

ފުލުހުން ބުނީ ބޮޑުތަކުރުފާނުމަގު ޗާންދަނީމަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ދެކޮޅަށް ދުއްވާ ގޮތަށް ޓްރާންސްޕޯޓް މިނިސްްޓްރީން ހަމަޖައްސާފައިވާ ކަމަށެވެ. އަދި މަގު ބޭނުންކުރާ ފަރާތްތަކުން ދަތިނުވާ ގޮތަށް މަގު ބޭނުން ކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ. "ބޯޓުފަހަރަށް މުދާއަރުވާ ބޭލުމުގައި ޑަބަލްކޮށް މަޑު ނުކުރުމާއި ބޯޓުފަހަރަށް އަރުވާ ބާލާ މުދާ މަގުމަތީގައި ނުބެހެއްޓުމާއި މަގުމަތީގައި ޕެލެޓް ނުބެހެއްޓުމާއި، ރައްކާތެރި ދުވެލީގެ މިންގަޑާއި ޚިލާފަށް ނުދުއްވުމާއި، ގަވާއިދާއި ޚިލާފަށް ޕާކްކުރުން ފަދަ ކަންތައް ނުކުރުމަށް ދަންނަވަމެވެ،" ފުލުހުން ބުނެފައިވެ އެވެ. ބޮޑުތަކުރުފާނު މަގު ބާޒާރުމަތީ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހު އެވެ. މި މަޝްރޫއުގެ ދަށުން ނޯތު ހާބަރާއި މާރުކޭޓް ސަރަހައްދު ފަޅުން ބައެއް ހިއްކައި ވަނީ މަގު ފުޅާކޮށް ތާރު އަޅާފަ އެވެ.

މައުޟޫޢުތަށް