ޕިކަޕެއް ދަށުވެ މީހަކު މަރުވެއްޖެ

އަވަސް

16 ފެބްރުއަރީ 2026 | ހޯމަ | 1:14

ހުޅުމާލޭ ސަހަރާ ކައިރީގައި ޕިކަޕެއް ބާއްވައިގެން މަރާމާތުކުރަމުން ދަނިކޮށް މީހެއްގެ ގައި މައްޗަށް ޕިކަޕް ވެއްޓި އެ މީހާ މަރުވެއްޖެ އެވެ. އިއްޔެގެ ވަގުތެއްގައި ހިނގި މިހާދިސާގައި މަރުވީ ސ. ހިތަދޫ، މެޑޯޒް، މުހައްމަދު މަނިކު، 60 އެވެ. އޭނާ މަރުވީ ހާދިސާއަށްފަހު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށެވެ. ފުލުހުން މިއަދު ބުނީ މިހާދިސާ ހިނގީ ޕިކަޕުގެ މަރާމާތުގެ މަސައްކަތެއް ކުރުމަށް އެ މީހާ ޕިކަޕުގެ ދަށުގައި އޮއްވައި، ޕިކަޕް އެ މީހާގެ ގައިމައްޗަށް ވެއްޓިގެން ކަމަށެވެ. އިއްޔެ ހެނދުނު 11:00 ހާއިރު ހިނގި މިހާދިސާގައި މަރުވި މީހާއަށް ލިބުނު އަނިޔާގެ އެއްވެސް ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މައުޟޫޢުތަށް