ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ޑޮމެސްޓިކް ޓާމިނަލް ބަދަލުުރަނީ

އަވަސް

16 ފެބްރުއަރީ 2026 | ހޯމަ | 8:19

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ޑޮމެސްޓިކް ޓާމިނަލް ބަދަލުކުރަން ތައްޔާރުވެއްޖެ އެވެ.

އެމްއޭސީއެލުން ބުނީ ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ޑޮމެސްޓިކް ޓާމިނަލް ބަދަލުކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވެފައިވާ ކަމަށެވެ. އެ ގޮތުން އެތަނަށް ގެންނަންޖެހޭ ބަދަލުތަކާއި މަރާމާތުތައް ނިމިފައިވާއިރު ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ޑޮމެސްޓިކް ޓާމިނަލް ބަދަލުކުރަން ހަމަޖެހިފައިވަނީ މާދަމާ އެވެ. މި ބަދަލާއެކު ކުރިން ޑޮމެސްޓިކް ޓާމިނަލުން ދެމުންދިޔަ ހިދުމަތްތައް ދެން ދޭނީ ކުރީގެ އިންޓަނޭޝަނަލް ޓާމިނަލުންނެވެ. ވީއައިއޭގެ އާ އިންޓަނޭޝަނަލް ޓާމިނަލް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. އެ ޓާމިނަލަށް މިހާރު ވަނީ އިންޓަނޭޝަނަލް ޓާމިނަލްގެ ހިދުމަތްތައް ބަދަލުކޮށްފަ އެވެ.

މައުޟޫޢުތަށް