އިޒްރޭލުގެ އަމަލުތައް ރާއްޖެއިން ކުށްވެރިކޮށްފި

އަވަސް

17 ފެބްރުއަރީ 2026 | އަންގާރަ | 6:58

އިޒްރޭލުން އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކަކީ އިޒްރޭލުގެ "ދައުލަތުގެ މިލްކެއް" ކަމަށް އިޒްރޭލުން ނިންމުމާއި ގުޅިގެން އެކަން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ. އަދި މިއީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ހިންގާ ގައިރު ގާނޫނީ އާބާދުވުންތައް ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމުގައި ދެކޭ ކަމުގައިވެސް ބުނެފައިވެ އެވެ. އިޒްރޭލުގެ މިފަދަ ނިންމުންތަކަކީ ސުލްހަ ގާއިމުކުރުމަށް އެޅޭ ހުރަހެއް ކަމަށާއި އިޒްރޭލުގެ މި އަމަލުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއިން ވަނީ ގޮވާލާފަ އެވެ. ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން ތަކުރާރުކުރައްވާފަ އެވެ.

މައުޟޫޢުތަށް