ޗައިނާއިން ބައިލައްކަ ފަތުރުވެރިން

އަވަސް

17 ފެބްރުއަރީ 2026 | އަންގާރަ | 1:08

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާއިން އަހަރުގެ މިހާތަނަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ޗައިނާއިން 54،172 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޖުމްލަ 369،407 ފަތުރުވެރިން ޒިޔާރަތްކުރިއިރު ޗައިނާ ފަތުރުވެރިންގެ ހިއްސާއަކީ 14.7 ޕަސެންޓެވެ.

ފަތުރުވެރިންގެ ތެރެއިން 364,838 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 1,277 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 1,211 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 1,011 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މީގެ އިތުރުން މާމިގިލި އެއާޕޯޓުން 704 ފަތުރުވެރިން އަދި ދާލު އެއާޕޯޓުން 365 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މައުޟޫޢުތަށް