ބަނގުރާ ގެންގުޅެ ވިޔަފާރިކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
އަވަސް
17 ފެބްރުއަރީ 2026 | އަންގާރަ | 2:58
ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އަލަމް ފަރްހާދު (35އ) އާއި، އަބްދުއްރަހްމާން (35އ) އެވެ. ފުލުހުން ބުނީ މި ދެ މީހުންނަކީ ވެސް މޯލްޑިވްސް އިމިގްރޭޝަންގެ ގަވާއިދުތަކާ ޚިލާފަށް ރާއްޖޭގައި އުޅޭ ދެ މީހުން ކަމަށާއި މި ދެ މީހުންވެސް މިހާރު ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށެވެ. ފުލުހުން ބުނީ މި މަހު 16 ވަނަ ދުވަހު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި މަސައްކަތްކުރާ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ހުޅުމާލެ އެމްޕީއެލް ކޮންޓެއިނަރ ޖެޓީ ސަރަހައްދުން އެ ދެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު 14 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.