އާރްޓީއެލް ފެރީގެ ހިދުމަތް ދ. އަތޮޅުގައި ފަށައިފި
އަވަސް
17 ފެބްރުއަރީ 2026 | އަންގާރަ | 3:15
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ދ. އަތޮޅުގައި ފަށައިފި އެވެ.
މިކަމަށްޓަކައި ދ. މީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވާ ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ. ދ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމުގެ ގޮތުން ފުރަތަމަ ހަފުތާގައި ހިލޭ ދަތުރުތއް ބޭއްވުމަށް ވަ މި އަތޮޅުގައި ހިދުމަތް ފެށުމުގެ ގޮތުން ފުރަތަމަ ހަފުތާގައި ދަތުރުތައް ހިލޭ ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އާރްޓީއެލްގެ ފެރީގެ ހިދުމަތް މިހާރު ފަށާފައިވާ އަތޮޅުތަކުގެ ތެރޭގައި ހއ، ހދ، ށ، ނ، ރ، ބ، ޅ، ތ، ގއ، ގދ ފުވައްމުލައް އަދި އައްޑޫ ހިމެނެ އެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ ޖޫން 12، 2022 ގައެވެ. ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކުގައި ރަށްތައް ގުޅާލުމަށް ނިންމާފައިވަނީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކަކުންނެވެ. ކޮމިއުޓް ލިންކަކީ ކައިރި ރަށްތަކުގެ މެދުގައި ދުވަހުން ދުވަހަށް ކުރާ ދަތުރުތަކެވެ. ނަން-ކޮމިއުޓް ލިންކަކީ ތަންކޮޅެއް ދުރުގައިވާ ދެ ރަށެއްގެ ދެމެދުގައި ކުރާ ދަތުރުތަކެކެވެ. މިކަހަލަ ދަތުރުތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ކުރަން ނުޖެހޭ އެއާޕޯޓް ދަތުރުތަކާއި ވިޔަފާރީގެ ބޭނުމުގައި ކުރާ ދަތުރުތައް ހިމެނެ އެވެ. ހައިވޭ ލިންކަކީ އެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބާ، އަނެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބް ގުޅުވާލުމަށް ކުރާ ދިގު ދަތުރުތަކެކެވެ. އާރްޓީއެލްގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ފެރީގެ ކިއުއާރް ޓިކެޓް ނެގެ އެވެ.