މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް
އަވަސް
17 ފެބްރުއަރީ 2026 | އަންގާރަ | 8:48
މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
ހަނދު ސާބިތު ކުރުމުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރެއްވި ހަނދާބެހޭ ބަޔާން އިއްވަމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސައުދާން ވިދާޅުވީ ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29 ވީ އަންގާރަ ދުވަހުގެ އިރު އޮއްސުމުގެ ފަހުން، ބައެއް އިސްލާމީ ޤައުމުތަކަށް 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނުކަން ޝަރްޢީ ހަމަތަކުން ސާބިތުވާ ކަމަށެވެ. އެހެންކަމުން ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށް ދިވެހިރާއްޖޭގައި ޢަމަލް ކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތީން ފެބްރުއަރީ 18 ވާ ބުދަ ދުވަހަކީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ވަނީ ކަނޑައަޅުއްވާފަ އެވެ. ހަނދު ސާބިތުވުމުން އެމްއެންޑީއެފުން ޖުމްހޫރީ މައިދާނުގައި ވަނީ ބަޑި ޖަހާފަ އެވެ.