ރޯދަމަހު ސްޓެލްކޯގެ ސާވިސް ކައުންޓަރުތަކުން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

އަވަސް

18 ފެބްރުއަރީ 2026 | ބުދަ | 9:35

ރޯދަމަހު ސްޓެލްކޯގެ ސާވިސް ކައުންޓަރުތަކުން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި އެވެ.

ސްޓެލްކޯ އިން ބުނީ ރޯދަމަހު 1 އިން 20 ވަނަ ދުވަހަށް މާލެ އާއި ހުޅުމާލޭ އަދި އަތޮޅުތަކުގެ އިންޖީނުގެތަކުގެ ސާވިސް ކައުންޓަރުތަކުގެ ހިދުމަތް އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހަކު ހެނދުނު 9:15 އިން މެންދުރުފަހު 1:00 އަށް ލިބޭނެ ކަމަށެވެ. ރޯދަމަހުގެ ފަހު 10 ދުވަހު މާލެ އަދި ހުޅުމާލޭގައި ސާވިސް ކައުންޓަރުގެ ހިދުމަތް ލިބޭނީ އާދިއްތަ އިން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 11:00 މެންދުރުފަހު 1:00 އަށެވެ. އަތޮޅުތަކުގެ އިންޖީނުގެތަކުގެ ސާވިސް ކައުންޓަރުގެ ހިދުމަތް މި މުއްދަތުގައި ލިބޭނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 11:00 އިން މެންދުރު 12:00 އަށެވެ. ސާވިސް ކައުންޓަރުތަކުން ހިދުމަތްދޭ ގަޑިތަކަށް ބަދަލު އައި ނަމަވެސް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މައުޟޫޢުތަށް