ޑޮމެސްޓިކް ޓާމިނަލް ވީއައިއޭގެ ޓާމިނަލް 2އަށް ބަދަލުކޮށްފި
އަވަސް
18 ފެބްރުއަރީ 2026 | ބުދަ | 9:51
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑޮމެސްޓިކް ޓާމިނަލުގެ އޮޕަރޭޝަންސްތައް އެ އެއާޕޯޓްގެ ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް (ޓާމިނަލް 2) އަށް ބަދަލުކޮށްފި އެވެ.
ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް ޓާމިނަލް 2 އަށް ބަދަލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް އެވެ. ކުރީގެ ޑޮމެސްޓިކް ޓާމިނަލްގައި ޗެކި-އިން 8 ކައުންޓަރު ހުރި ނަމަވެސް ޓާމިނަލް 2 ގައި 27 ކައުންޓަރު ހުންނާނެ އެވެ. މީގެ އިތުރުން ސެކިއުރިޓީ ކްލިއަރެންސަށް ތިން މެޝިން ބަހައްޓާފައިވާއިރު ޑިޕާޗާ ހަ ގޭޓް ހުންނާނެ އެވެ. މީގެ އިތުރުން ކުރީގެ ޑޮމެސްޓިކް ޓާމިނަލްގައި ހުރި ބެގޭޖް ބެލްޓަސްވުރެ ބޮޑު ބެލްޓް ބަހައްޓާފައިވާއިރު އަންހެނުންނާއި ފިރިހެނުން ވަކި ނަމާދު ކުރެވޭ ދެ ކޮޓަރި ހުންނާނެ އެވެ. ޑޮމެސްޓިކް ޓާމިނަލް -- ޓާމިނަލް 2 ގައި ކުޑަކުދިން ކުޅޭ ސަރަހައްދެއްގެ އިތުރުން އެފްއެންޑްބީ އައުޓްލެޓް ހުންނާނެ އެވެ.