ސްކޭމް މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދު އިތުރުކޮށްފި

އަވަސް

20 ފެބްރުއަރީ 2026 | ހުކުރު | 11:02

ސްކޭމްކޮށްގެން ހޯދި ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުވައި، އެ ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަސަން، ބަންގްލަދޭޝް (28އ) އެވެ. ހަސަންގެ ބަންދަށް ކްރިމިނަލް ކޯޓުން ދިން 15 ދުވަހުގެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފޭސްބުކް މާކެޓް ޕްލޭސްގައި ބަންކު ބެޑެއް ވިއްކާނެ ކަމަށްބުނެ މީހަކާ ވާހަކަދައްކައި މަކަރާއި ހީލަތުން އެ މިހާ އަތުން ފައިސާ ހޯދައި، އެހެން މީހެއްގެ އެކައުންޓަށް އެ ފައިސާ ޖަމާކުރުވައިގެން ނަގާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. ހަސަންއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށާއި އޭނާ އެ ފައިސާ ނަގާފައިވަނީ ވޯކްޕާމިޓް އޮންނަ މީހެއްގެ އެކައުންޓަށް ޖަމާކުރުވައިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް