ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދިން މީހަކު ހައްޔަރުކޮށްފި

އަވަސް

20 ފެބްރުއަރީ 2026 | ހުކުރު | 3:48

ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރީ ހދ. ނޮޅިވަރަންފަރު، ނޫރު، އަލީ ޝަހީމް (27އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. ކޯޓު އަމުރުގައި ބުނީ އަލީ ޝަހީމްގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ. އެ ގޮތުން ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި އަނިޔާ ލިބުނު މީހާގެ ބަޔާނާއި އަނިޔާގެ ފޮޓޯތަކާއި ކުށުގެ ރިކޯޑް ވަނީ ހުށަހަޅާފަ އެވެ. މީނައަކީ ހައްޔަރު އަދި ބަންދު ރެކޯޑް އޮތް މީހެއްކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

މައުޟޫޢުތަށް