ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އަވަސް

20 ފެބްރުއަރީ 2026 | ހުކުރު | 8:12

ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ "ގޫގުލް ޑްރައިވް" އަށް އަޕްލޯޑްކުރުމާއި އިލެކްޓްރޯނިކް އެކި ވަސީލަތްތަކުގައި އެފަދަ ތަކެތި ރައްކާކޮށް ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހުޅެވި / ބ.ކުޑަރިކިލު, ޢަލީ ނާޖިޙު އަޙްމަދު (29އ) އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ މިމަހުގެ 13 ވަނަ ދުވަހު އެވެ. މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފުރަތަމަ ވަނީ 5 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އޭގެ ފަހުން އިއްޔެ އަލުން ކޯޓަށް ހާޒިރުކުރުމުން ބަންދަށް ދިން 7 ދުވަހުގެ މުއްދަތު ހަމަވާނީ މިމަހުގެ 26 ވަނަ ދުވަހަށެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ. ކުޑަކުދިންގެ އޮރިޔާން މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯ ގެންގުޅޭ ފަރާތްތަކުގެ މައްސަލަތަކަކީ، ފުލުހުން އިސްކަންދީގެން ތަހުގީގު ކުރަމުންދާ ސީރިއަސް މައްސަލަތަކެކެވެ.

މައުޟޫޢުތަށް