ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވައިފި

އަވަސް

20 ފެބްރުއަރީ 2026 | ހުކުރު | 8:00

ރާއްޖޭގެ މަޝްހޫރު އިލްމުވެރިޔާ އަލްމަރްޙޫމް ޝައިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވައިފި އެވެ.

މި މިސްކިތް މިއަދު ހުޅުއްވައިދެއްވީ ޝައިޚް ފަރީދުގެ ދެ ދަރިކަލުން ކަމުގައިވާ އަބްދުﷲ ފަރީދާއި އަބްދުއްރަޙްމާން ފަރީދު އެވެ. ފަރީދު އިސްވެ ހުންނަވައިގެން ހިންގަވަމުން ގެންދެވި ޚިދުމަތް ޖަމިއްޔާ އިން މައުލޫމާތު ދިން ގޮތުގައި މި މިސްކިތުގައި އެއް ފަހަރާ 300 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ އެވެ. ޚިދުމަތް ޖަމިއްޔާ އިން ގެންދަނީ ހުޅުމާލޭގައިވެސް ޝައިޚް ފަރީދުގެ ނަމުގައި 2،500 މީހުންގެ ޖާގައިގެ ތަނަވަސް މިސްކިތެއް އެޅުމަށް ތައްޔާރުވަމުންނެވެ.

މައުޟޫޢުތަށް