އަލިފާނުގެ ހާދިސާއާ ގުޅިގެން އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން
އަވަސް
21 ފެބްރުއަރީ 2026 | ހޮނިހިރު | 10:11
ހުޅުމާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.
އަލިފާނުގެ ހާދިސާ ހިނގީ ހުޅުމާލެ ވަން އެވެނިއުގެ ހަތް ވަނަ ފަންގިފިލާގަ އެވެ. މި އަލިފާނުގެ ހާދިސާގައި އެތަނުގެ ބަދިގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. އެންޑީއެމްއޭ އިން ބުނީ އެ އާއިލާއަށް ބޭނުންވާ ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.