މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި
އަވަސް
21 ފެބްރުއަރީ 2026 | ހޮނިހިރު | 10:32
މީހަކު ރަހީނުކޮށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ އިގުބާލް މިއާ (35އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މާޗް 22 ވަނަ ދުވަހަށެވެ. ކޯޓު އަމުރުގައި ބުނީ ތުހުމަތު ކުރެވޭ ކުށް އޭނާ ކުރި ކަމަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށެވެ. މީގެ އިތުރުން އޭނާއަކީ އިމިގްރޭޝަންގެ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއް ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ. އިގުބާލް މިއާއަށް ކުރަނީ ބިދޭސީއަކު ރަހީނުކޮށްގެން ގެންގުޅެ އަނިޔާކޮށްފައިވާކަމުގެ ތުހުމަތެވެ.