އިންސާނުންނާއެކު ހަނދު ވަށައިގެން ދަތުރެއް ކުރުމަށް ނާސާ އިން ތައްޔާރުވެއްޖެ

އަވަސް

21 ފެބްރުއަރީ 2026 | ހޮނިހިރު | 10:53

އިންސާނުންނާއެކު ހަނދު ވަށައިގެން ދަތުރެއް ކުރުމަށް ނާސާ އިން ތައްޔާރުވެއްޖެ އެވެ.

އަންނަ މާޗްމަހު ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާ މި މިޝަނަށް ދީފައިވާ ނަމަކީ "އާޓެމިސް 2" އެވެ. މި މިޝަންގައި ހަތަރު އެސްޓްރޮނޯޓުން ހަނދުގެ ދުރު ފަޅިން ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދަތުރު މާޗް ހަ ވަނަ ދުވަހު ފެށުމަށް ކަނޑައަޅާފައިވާއިރު މިއީ 10 ދުވަހުގެ ދަތުރެކެވެ. މިކަމާ ގުޅޭގޮތުން ނާސާގެ ލޯރީ ގްލޭޒް ވިދާޅުވީ މި ދަތުރަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ފެބްރުއަރީ މަހު ކުރި ފުރަތަމަ ތަޖުރިބާގައި ދިމާވި ހައިޑްރޮޖަން ލީކުވުމުގެ މައްސަލަތައް ހައްލުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މި ދަތުރުގައި ބައިވެރިވަނީ އެމެރިކާގެ ތިން އެސްޓްރޮނޯޓުން ކަމަށްވާ ރީޑް ވައިޒްމަން، ވިކްޓާ ގްލޯވާ އަދި ކްރިސްޓީނާގެ އިތުރުން ކެނެޑާގެ ޖެރެމީ ހެންސަން އެވެ. މި މީހުން މިހާރު ވަނީ ދަތުރަށް ފުރުމުގެ ކުރިން ކަރަންޓީނުކޮށްފަ އެވެ.

މައުޟޫޢުތަށް