މާރާމާރީ ހިންގި ދެ ބިދޭސީން ހައްޔަރުކޮށްފި

އަވަސް

21 ފެބްރުއަރީ 2026 | ހޮނިހިރު | 12:10

މާރާމާރީ ހިންގި ދެ ބިދޭސީން ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ނަޔަން މިއާ (36އ) އާއި މުހައްމަދު މޮޝަރޮފް (35އ) އެވެ. މި ދެ މީހުންނަކީވެސް ބަންގްލަދޭޝްގެ ދެ މީހުންނެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންވެސް ހަތް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. އެ މީހުންގެ ބަންދަށް ދިން މުއްދަތު ހަމަވާނީ މިމަހުގެ 27 ވަނަ ދުވަހަށެވެ. ކޯޓު އަމުރުގައި ބުނީ ތުހުމަތު ކުރެވޭ ކުށް ދެ މީހުންވެސް ކުރިކަމުގެ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެ ގޮތުން ހުށަހެޅި ހާދިސާގެ ރިޕޯޓުން ހުޅުމާލޭ ސެންޓްރަލް ޕާކް ތެރޭގައި ބިދޭސީންގެ މެދުގައި ހިނގި މާރާމާރީއެއްގައި އެ ދެ މީހުް ބައިވެރިވި ކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައިވެ އެވެ. މި މާރާމާރީގައި އިތުރު ބައެއް ބައިވެރިވި ކަމަށާއި މާރާމާރީގައި ބައިވެރިވި ދެ މީހަކު ފިލާފައިވާ ކަމަށް އައިއޯ ވަނީ ފާހަގަކޮށްފަ އެވެ.

މައުޟޫޢުތަށް