ނޯތު ހާބަރުގެ "އޭ" ޒޯނަށް ކަރަންޓާއި ފެނުގެ ހިދުމަތް ދެނީ

އަވަސް

22 ފެބްރުއަރީ 2026 | އާދިއްތަ | 8:33

މާލެ ނޯތު ހާބަރުގެ "އޭ" ޒޯނަށް ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަށައިފި އެވެ.

އެމްޕީއެލުން ބުނީ ނޯތު ހާބަރުގެ "އޭ" ޒޯން ނުވަތަ ބޮޑުތަކުރުފާނު މަގާވީ ފަރާތު ތޮށިގަނޑަށް ކައިރިކުރާ އުޅަނދުތަކަށް މީގެ ކުރިން ލިބެން ނެތް ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މާލެ ނޯތު ހާބަރުގެ ޓީމުން ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެމްއެމްއޭ ސަރަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގޮތުން ބަދަލުކުރި މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތައް އަލުން މާލޭ ނޯތު ހާބަރުގެ "އޭ" ޒޯނަށް ބަނދަރުކުރަން ވަނީ ފަށާފަ އެވެ. ނޯތު ހާބަރުގެ ހިދުމަތް އަލުން ފެށިއިރު ގެނެވުނު އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ފައްތިޔާތަކުގެ ބަދަލުގައި 36 ފައްތިއްޔާ ބުޑު ފައްތައި، މުޅިން އާ ފައްތިއްޔާތައް ބޭނުންކުރަން ފެށުމެވެ. މި ބަދަލާއެކު، އެ ބަނދަރު ބޭނުންކުރާ އުޅަނދުފަހަރަށް ކުރިއަށްވުރެ ރައްކާތެރިކަމާއެކު ބަނދަރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ހަމައެއާއެކު، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނޯތު ހާބަރުގެ "ބީ" ޒޯން -- ހުޅަނގު ފަރާތު ތޮށިގަނޑަށް އުޅަނދުތައް ބަދަލުކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

މައުޟޫޢުތަށް