ޖެނުއަރީ މަހު އެއާޕޯޓު ޓެކުހުން ދައުލަތަށް 369.5 މިލިއަން ރުފިޔާ

އަވަސް

22 ފެބްރުއަރީ 2026 | އާދިއްތަ | 8:56

އެއާޕޯޓް ޓެކުހާއި ފީ ގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް 369.5 މިލިއަން ރުފިޔާ -- 24 މިލިއަން ޑޮލަރު ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޑިޕާޗާ ޓެކުހުގެ ގޮތުގައި 180.7 މިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 188.8 މިލިއަން ރުފިޔާ ލިބުނެވެ. ޑިޕާޗާ ޓެކުހުގެ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނީ 115.5 މިލިއަން ރުފިޔާ އެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނީ 117.4 މިލިއަން ރުފިޔާ އެވެ. ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އިތުރުވި މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ.

ޑިޕާޗާ ޓެކުހުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ހިމެނެ އެވެ.

މައުޟޫޢުތަށް