މަސްޖިދުއް ނަބަވީގެ އިމާމެއްގެ މަގާމަށް ޝައިޚް ޞާލިޙް
އަވަސް
22 ފެބްރުއަރީ 2026 | އާދިއްތަ | 4:25
މަސްޖިދުއް ނަބަވީގެ އިމާމެއްގެ މަގާމަށް ޝައިޚް ޞާލިޙް ބިން އަވާދް އަލްމަޣާމިސީ އައްޔަން ކުރައްވައިފި އެވެ.
ޝައިޚް ޞާލިޙް ބިން އަވާދް ވަނީ މަދީނާގެ ގުބާ މިސްކިތުގެ އިމާމުކަން ކުރައްވާފަ އެވެ. އިލްމުވެރިޔާ ބިން ބާޒްގެ ދަރިވަރެއް ކަމުގައިވާ ޝައިޚް ޞާލިޙް ބިން އަވާދް ބޮޑުފުޅުވީ އިލްމީ މާހައުލެއްގެ ތެރޭގަ އެވެ. މީގެ ސަބަބުން ވަރަށް ތުއްޕުޅުއިރުއްސުރެ އިސްލާމީ އިލްމު އުނގެނުމުގެ ފުރުސަތު ފަހިވެގެންދިޔަ އެވެ. ޝައިޚް ޞާލިޙް ބޮޑަށް ހާއްސަވެ ވަޑައިގަތީ ކީރިތި ގުރުއާނުގެ ތަފްސީރު އިލްމުގެ ދާއިރާއިންނެވެ. ޝައިޚް ޞާލިޙް އަކީ ސައުދީ އަރަބިއްޔާގެ އިތުރުން މުޅި އިސްލާމީ އުންމަތުގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައިވާ އިލްމުވެރިއެކެވެ.