ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަހު ހިދުމަތް ދޭން ފަށައިފި

އަވަސް

22 ފެބްރުއަރީ 2026 | އާދިއްތަ | 5:25

ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަހު ހިދުމަތް ދޭން ފަށައިފި އެވެ.

މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 1994 ވަނަ އަހަރު ޑިސެމްބަރު 29 ވަނަ ދުވަހު ތެލަސީމިއާ ސެންޓަރު ހުޅުވިފަހުން ފާއިތުވި 31 އަހަރުގެ ދިގު ތާރީހުގައި ރަސްމީކޮށް ހުކުރު ދުވަހެއްގައި އެ ސެންޓަރު ހުޅުވައި ހިދުމަތް ދީފައިނުވާ ކަމަށެވެ. "ނަމަވެސް، 20 ފެބްރުވަރީ 2026 ވީ ހުކުރު ދުވަހުން ފެށިގެން، ކޮންމެ ހުކުރު ދުވަހެއްގައިވެސް ތެލަސީމިއާ ސެންޓަރު ހުޅުވައި، ލޭ އެޅުމުގެ ހިދުމަތް ދޭން މިވަނީ ފަށާފައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ. އެ ގޮތުން މިދިޔަ ހުކުރު ދުވަހު ޖުމްލަ 14 ޓްރާންސްފިއުޝަން ހެދި 5 ފަރާތަކުން ލޭހަދިޔާކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މި ރަމަޟާން މަސް ނިމުމުންވެސް ހުކުރު ދުވަހު، ވަކި ގަޑިތަކެއްގައި ލޭއެޅުމުގެ ހިދުމަތް ކުރިޔަށް ގެންދެވޭނެ ކަމަށެވެ. މީގެ ސަބަބުން އަތޮޅުތަކުން ހަފްތާ ބަންދުގައި މާލެ އައިސް ލޭ އަޅަން ބޭންުންވާ ފަރާތްތަކަށާއި، ލޭ ހަދިޔާކުރާ ފަރާތްތަކަށްވެސް ހުކުރު ދުވަހު ލޭ ހަދިޔާކުރަން އައުމަަށް ފަސޭހަވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް