މާލޭގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

އަވަސް

22 ފެބްރުއަރީ 2026 | އާދިއްތަ | 5:53

މާލޭގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

ޖަޕާން ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ފޮ ޑިޒާސްޓާ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. ޓެކް އިންޓަނޭޝަނަލް އިންކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މަކޯޓޯ ޔޮކޮށީ އެވެ. މި މަޝްރޫއުގެ ދަށުން މާލޭގައި ގާއިމުކޮށްފައިވާ 16 ޕަންމްޕް ސްޓޭޝަން އޮޓޮމޭޓްކުރުމަށް ހަރުކުރަންޖެހޭ އާލާތްތައް ޕަންމްޕް ސްޓޭޝަންތަކުގައި ހަރުކުރުމާއި މަޝްރޫއުގެ ތެރެއިން 16 ޕަންމްޕް ސްޓޭޝަން މޮނިޓާ ކުރުމަށް ސެންޓްރަލައިޒްޑް މޮނިޓަރިންގް ސްޓޭޝަނެއް ގާއިމުކުރުން ހިމެނެ އެވެ. މީގެ އިތުރުން ފެން ހިންދާ ނިޒާމުގެ މެއިންޓެނަންސަށް ބޭނުންވާ ޖެޓިންގެ ވެހިކަލެއް ފޯރުކޮށްދިނުންވެސް ހިމެނެ އެވެ. މި މަޝްރޫއުގެ އަގަކީ 247 މިިލިއަން ޖަޕަނީޒް ޔެން (24.5 މިލިއަން ރުފިޔާ) އެވެ.

މައުޟޫޢުތަށް