ޓޫރިސްޓުންގެ އަދަދު 400،000އަށް

އަވަސް

23 ފެބްރުއަރީ 2026 | ހޯމަ | 9:08

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 400،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް 418،034 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 381،870 ފަތުރުވެރިންނަށްވުރެ 9.5 ޕަސެންޓް އިތުރު އަދަދެކެވެ.

ފަތުރުވެރިންގެ ތެރެއިން 411,673 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 1,489 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 1,499 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 1,137 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މީގެ އިތުރުން މާމިގިލި އެއާޕޯޓުން 387 ފަތުރުވެރިން އަދި ދާލު އެއާޕޯޓުން 783 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. ކަނޑުމަގުން އަހަރުގެ މިހާތަނަށް 1،065 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް