އީސީގެ މެންބަރު ކަމަށް ރިފްއަތު އައްޔަންކުރައްވައިފި

އަވަސް

23 ފެބްރުއަރީ 2026 | ހޯމަ | 12:25

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް މ. ވޭވަށް، ކިނާރާ، ރިފްއަތު އަބްދުﷲ މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރިފްއަތު ވަނީ އީސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފަ އެވެ. ރިފްއަތުއަށް އީސީގެ މެންބަރުކަމުގެ ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އީސީގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ރިފްއަތު ޢަބްދުﷲ އާއި ހަވާލުކޮށްދެއްވާފަ އެވެ. އީސީގެ މެންބަރު ކަމަށް ރިފްއަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. އެ ޖަލްސާގައި އީސީގެ މެންބަރު ކަމަށް ރިފްއަތު އައްޔަން ކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

މައުޟޫޢުތަށް