ސައުދީ އަރަބިއްޔާއިން 15 ޓަނުގެ ކަދުރު ހަދިޔާކޮށްފި

އަވަސް

23 ފެބްރުއަރީ 2026 | ހޯމަ | 5:34

ސައުދީ އަރަބިއްޔާގެ ސަރުކާރުން 15 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

މި ކަދުރު ރަސްމީކޮށް ހަވާލުކުރުމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ސައުދީ އަރަބިއްޔާގެ ފަރާތުން ކަދުރު ހަވާލުކޮށް ދެއްވީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްޠާނީއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކަދުރާ ހަވާލުވެ ލެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަދި ސައުދީ ސަރުކާރުގެ ފަރާތުން ރާއްޖެއާއިމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އިސްލާމިކް މިިނިސްޓްރީން ބުނީ މި އަހަރުވެސް ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށާއި އެކަމުގެ މަސައްކަތްތައް ދެ ގައުމު ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

މައުޟޫޢުތަށް