މި މަހު ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން

އަވަސް

24 ފެބްރުއަރީ 2026 | އަންގާރަ | 10:17

މި މަހުގެ މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ މިހާތަނަށް 200،971 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިއާއެކު އަހަރުގެ މިހާތަނަށް 428،169 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ. ރާއްޖެއަށް މިހާރު އެވަރެޖްކޮށް ކޮންމެ ދުވަހަކު 8،000 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ. ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާ އާއި ރަޝިއާއިންނެވެ.

ރާއްޖޭގައި މިވަގުތު 180 ރިސޯޓާއި 916 ގެސްޓްހައުސް އާއި 170 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ ދަނީ ހިންގަމުންނެވެ. މި ފެސިލިޓީތަކުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 67،206 އެވެ.

މައުޟޫޢުތަށް