30،000 ޑޮލަރު ލިބޭ ޕްރިންސަސް ސްރީނަގަރިންދްރާ އެވޯޑަށް ހުޅުވާލައިފި
އަވަސް
24 ފެބްރުއަރީ 2026 | އަންގާރަ | 2:08
ފައިސާގެ އިނާމުގެ ގޮތުގައި 30،000 ޑޮލަރު ހުށަހަޅާފައިވާ ޕްރިންސަސް ސްރީނަގަރިންދްރާ އެވޯޑް 2026 އަށް ކުރިމަތިލުމުގެ ފުރުސަތު ހެލްތު މިނިސްޓްރީން ހުޅުވާލައިފި އެވެ.
ތައިލޭންޑްގެ ޕްރިންސަސް، ޕްރިންސަސް ސްރީނަގަރިންދްރާގެ އުފަންދުވަހާއި ގުޅުވައިގެން ތައާރަފުކޮށްފައިވާ މި އެވޯޑަކީ ނަރުހުންނާއި ފޫޅުމައިންނަށް އަމާޒުކޮށްގެން މިދާއިރާގައި އިޖުތިމާއީ ކުރިއެރުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކޮށް ދެވޭ އެވޯޑެކެވެ. މި އެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނޮމިނޭޝަން ފޯމު ފުރިހަމަ ހުށަހެޅުމުގެ ފުރުސަތު މެއި 14 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. މި އެވޯޑުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެއްގެ އިތުރުން ފައިސާގެ އިނާމެކެވެ. އެ ގޮތުން 30،000 ޑޮލަރު ވަނީ ހުށަހަޅާފަ އެވެ.