ވެމްކޯގެ ސައިޓެއްގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް

އަވަސް

25 ފެބްރުއަރީ 2026 | ބުދަ | 2:59

ވެމްކޯގެ މާލެ ސައިޓްގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި އާދިއްތަ ދުވަހު ހިނގި މި ހާދިސާގައި އަނިޔާވި މީހާއަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރު އެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުން ބުނެފައިވެ އެވެ. މި ހާދިސާގައި ވެމްކޯގެ މުވައްޒަފު ވެއްޓިފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ފޮޓޯތަކުން ވެމްކޯގެ މުވައްޒަފަކު ވެހިކަލް ޑަމްޕްކުރާ ކޮންޓެއިނަރެއް ތެރެއަށް ވެއްޓިފައިވާ މަންޒަރު ފެނެ އެވެ. މި ހާދިސާގައިއެ މީހާ ވެއްޓުނީ 12 ވަރަކަށް ފޫޓު މަތިން ކަމަށާއި އޭނާގެ މޭކަށިގަނޑުން ތިން ތަނަކުން ބިނދިފައިވާ ކަމަށް އެ ޕޯސްޓްގައި ބުނެފައިވެ އެވެ.

މައުޟޫޢުތަށް