ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،236 މީހުން

އަވަސް

25 ފެބްރުއަރީ 2026 | ބުދަ | 9:50

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖެނުއަރީ މަހުގެ ނިޔަލަށް 15،236 މީހުން ރަޖިސްޓަރީ ވެއްޖެ އެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދަފްތަރުގައި ތިބި މީހުންގެ ތެރެއިން 8،826 މީހުންނަކީ ފިރިހެނުންނެވެ. އަންހެނުންގެ އަދަދަކީ 6،410 މީހުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އަޕްޑޭޓްކޮށް އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އިސްކަންދީގެން މަސައްކަތް ކުރަމުންދާ ކަމަށް އެންސްޕާ އިން ބުނެ އެވެ.

މައުޟޫޢުތަށް