ނަވީން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި
އަވަސް
25 ފެބްރުއަރީ 2026 | ބުދަ | 2:13
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ފުލުހުންގެ ހިދުމަތުުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި އެވެ.
އެކަމަށްޓަކައި އިސްކަންދަރު ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އެވެ. މި ރަސްމިއްޔާތުގައިި ފުލުހުންގެ އިދާރާ ހިންގުމުގެ ޒިންމާއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ ބައިވެރިވެ ވަޑައިގެންނެވި އެވެ. ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ނަވީން އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އިސްމާއީލް ނަވީން ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ ޖުލައި 7، 1994 ގައެވެ. ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި 32 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތް ކުރައްވާފައި ވެއެވެ. އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.