މިއީ އެންމެ ގިނަ ޚާފިޒުން ދަސްވެނިވާ އަހަރު

އަވަސް

26 ފެބްރުއަރީ 2026 | ބުރާސްފަތި | 8:26

މިއީ ތާރީހީ ގޮތުން އެންމެ ގިނަ އެންމެ ގިނަ އަދަދަކަށް ޤުރުއާން ހިތުދަސް ފަރާތްތައް ދަސްވެނިވާ އަހަރު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހާފިޒުން ދަސްވެނިވުމުގެ ހަފުލާ އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ހޯލްގަ އެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގައި ހާފިޒުންގެ އަދަދު ވަނީ 291 އަށް އަރާފަ އެވެ. އެ މިނިސްޓްރީން ބުނީ މި ފަސް އަހަރު ތެރޭގައި ހާފިޒުންގެ އަދަދު 500 އަށް އެރުވުމަކީ އަމާޒު ކަމަށާއި މި ވަގުތު މާލެ އާއި އަތޮޅުތަކުގައި 1،500 އަށްވުރެ މީހުން ޤުރުއާން ހިތު ދަސްކުރަމުންދާ ކަމަށެވެ. ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑަލްގެ ނަމުގައި މެޑަލްއެއް ދެއްވަން ފެއްޓެވީ، 2014 ވަނަ އަހަރުގައެވެ.

މައުޟޫޢުތަށް