ގީލާ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
އަވަސް
26 ފެބްރުއަރީ 2026 | ބުރާސްފަތި | 8:33
ރާއްޖެއިން ޑެންމާކަށް ކަނޑައެޅުއްވި އާ ނޮން-ރެސިޑެންޓް ސަފީރު، ގީލާ އަލީ ސަފީރުކަމުގެ ފަތްކޮޅު ޑެންމާކުގެ ރަސްގެފާނު ފްރެޑްރިކް އެކްސްއަށް އަރުއްވައިފި އެވެ.
މި ރަސްމިއްޔާތު އޮތީ ކޯޕަންހޭގަންގައި ހުންނަ ކްރިސްޓިއަންސްބޯގް ޕެލަސްގަ އެވެ. ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ސަފީރު ގީލާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޑެންމާކުގެ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ ރައްދު ކޮށްދެއްވާފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެފަރާތުން އިސްކަންދޭ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ސަފީރު ފާހަގަކުރެއްވިއެވެ. ރާއްޖެއާއި ޑެންމާކްއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ މެއި 8، 1982ގަ އެވެ.