ތަޖުރިބާކާރު ފިލްމީ ތަރި ނިމާލް ނިޔާވެއްޖެ

އަވަސް

26 ފެބްރުއަރީ 2026 | ބުރާސްފަތި | 8:47

ތަޖުރިބާކާރު ފިލްމީ ތަރި އަހްމަދު ނިމާލް ނިޔާވެއްޖެ އެވެ.

ނިމާލް ނިޔާވީ މިއަދު ހެނދުނު އެވެ. އޭނާ ނިޔާވީ ސްޓްރޯކެއް ޖެހި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެެވެ. ރާއްޖޭގެ ފިލްމީ ދާއިރާގައި ގިނަ ފިލްމުތަކެއް ކުޅެ އަދި ގިނަ ފިލްމުތަކެއް ޑައިރެކްޓްވެސް ކޮށްފައިވާ ނިމާލްއަކީ އެ ދާއިރާގައި ގިނަ ކާމިޔާބީތަކެއްވެސް ހާސިލްކޮށްފައިވާ ފަންނާނެކެވެ. ނިމާލް ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި "ކޮސް ގިނަ މިސްޓޭކް"، "ކަނބުލޮ"، "ޖޯކަރު"، "ފަތިސް ހަނދުވަރު ފެށުން"، "ނިއުމާ"، "ޒަލްޒަލާ އެނބުރި އައުން" ހިމެނެ އެވެ. މީގެ އިތުރުން ޓީވީ އިން ގެނެސްދިން "ސަޅިބައިސާ" އިން ގިނަ ބައެއްގެ މަގުބޫލުކަން ނިމާލް ވަނީ ހޯދާފަ އެވެ. ދިވެހި ފިލްމު "ނުފޫޒު"ގެ ތެރެއިން 1984 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނިކުމެފައިވާ ނިމާލަށް ވަނީ އެ ދާއިރާ އިން ހިތްވަރު ދިނުމުގެ ގައުމީ އިނާމުވެސް ލިބިފަ އެވެ.

މައުޟޫޢުތަށް