ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކުމަށް ދިރާގުޕޭ

އަވަސް

26 ފެބްރުއަރީ 2026 | ބުރާސްފަތި | 8:15

މި ރަމަޟާން މަހު ފަސޭހަކަމާއި ރައްކާތެރިކަމާއެކު ދިރާގުޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ދިރާގުން ހަމަޖައްސައިފި އެވެ.

މިގޮތުން ދިރާގުޕޭ އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށްފަހު ހޯމް ސްކްރީނުގެ ތިރީގައިވާ ފީޗާޑް ބައިން "ފިތުރު ޒަކާތް" އިހްތިޔާރު ކޮށްގެން، ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ އެވެ. ދިރާގުޕޭގެ އިތުރުން، ދިރާގުއެޕް މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ދިރާގުން ވަނީ ހަމަޖައްސައިފަ އެވެ. އަދި ޕްރިޕެއިޑް ކަސްޓަމަރުން #454* އަށް ޑަޔަލް ކޮށްގެން އެ ކަސްޓަމަރެއްގެ ބެލެންސްއިން ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ދިރާގުން ބުންޏެވެ. ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކަށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ ހަވީރު 6:00އާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ އެވެ. ރަމަޟާން މަހަކީ ހެޔޮކަންތައްތައް އިތުރުކޮށް އެކަކު އަނެކަކަށް އެހީތެރިވުން މުހިންމު މަހެއް ކަމުގައި ވާތީ، މި ރަމަޟާން މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ދިރާގުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އެކި ފަސޭހަތައް ފޯރުކޮށްދީ، އެކި އޮފާތައް ތައާރަފްކޮށްފަ އެވެ.

މައުޟޫޢުތަށް