މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް
އަވަސް
27 ފެބްރުއަރީ 2026 | ހުކުރު | 7:03
މ. ހަވީރީ އުފާގޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލައިފި އެވެ.
އެމްއެންޑީއެފުން ބުނީ މީހުން ދިރިނޫޅޭ މިގޭގައި ހިނގި މި ހާދިސާގެ ރިޕޯޓް 05:20 ހާއިރު އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްއަށް ލިބުމާއެކު މާލޭ ފަޔަ ސްޓޭޝަނުގެ ފަޔަފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރި ކަމަށެވެ. މިގޮތުން ރޯވި އަލިފާން 05:32 ހާއިރު އެއްކޮށް ނިއްވާލެވުނު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.