ބްރިޖުން ކުނި ބަރުކޮށްގެން ދަތުރުކުރި ޕިކަޕެއް ފުރޮޅާލައިފި

އަވަސް

27 ފެބްރުއަރީ 2026 | ހުކުރު | 1:49

ސިނަމާލެ ބްރިޖު މަތިން ކުނި ބަރުކޮށްގެން ދަތުރުކުރި ޕިކަޕެއް ފުރޮޅާލައިފި އެވެ.

ބްރިޖުން މާލެއިން ހުޅުމާލެއަށް ކުނި ބަރުކޮށްގެން ދަތުރުކުރި މި ޕިކަޕް ފުރޮޅާލި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހެނދުނު 9:45 ހާއިރު އެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގީ ޕިކަޕްގެ ފުރޮޅު ފަޅައިގެން ގޮސް އަރި އަޅާލައި ފެންސުގައި ޖެހިގެންނެވެ. މި ހާދިސާގައި މީހަކަށް އަނިޔާނުވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މިހާދިސާގައި ޕިކަޕަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ. އަދި ޕިކަޕުގައި ހުރި ކުނިތައް ވަނީ ބްރިޖު މައްޗަށް އެޅިފަ އެވެ.

މައުޟޫޢުތަށް