މޮރިޝަސް އިން ރާއްޖެއާ ގުޅުން ކަނޑާލައިފި
އަވަސް
28 ފެބްރުއަރީ 2026 | ހޮނިހިރު | 4:01
ޗާގޯސްގެ މައްސަލައިގައި ޚިޔާލުތަފާތުވުން ބޮޑުވެ މޮރިޝަސް އިން ރާއްޖެއާ އެކު އޮތް ޚާރިޖީ ގުޅުން ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.
މޮރިޝަސްގެ ނިންމުން އިއުލާންކުރީ އެ ގައުމުގެ ކެބިނެޓުގައި މިމައްސަލައިގައި މަޝްވަރާކުރުމަށްފަހު ކެބިނެޓުން ފާސްކޮށްގެންނެވެ. މޮރިޝަސްގެ ބޮޑުވަޒީރުގެ އޮފީހުން މިއަދު އާންމުކޮށްފައިވާ ނިންމުންތަކުގައިވާ ގޮތުން ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުން ކަނޑާލުމަށް ނިންމީ ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާ ނިންމުންތަކާ ދެކޮޅަށް ރާއްޖެއިން ދެކޮޅު ހެދުމުގެ މަސައްކަތްތަކެއް ފަށާފައިވާތީ އެވެ. އެހެންވެ ކެބިނެޓުން ނިންމީ ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުން ވަގުތުން ކަނޑާލުމަށް ކަމަށް ބުނެފައިވެ އެވެ. މޮރިޝަސް ސަރުކާރުގެ ނިންމުމާ ގުޅިގެން ދިވެހި ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ ޖެނުއަރީ 15، 1981 ގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މޮރިޝަސް އަށް ފޮނުވި ސިޓީ އަނބުރާ ގެނައުމަށްވެސް ނިންމާފަ އެވެ. ޗާގޯސް އަކީ ދިވެހިންގެ ތަނެއް ކަމަށް ރައީސް މުއިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.