މާފުށީ ޖަލުގައި ބޮޑީ ސްކޭނިން މެޝިނެއް ބަހައްޓައިފި
އަވަސް
28 ފެބްރުއަރީ 2026 | ހޮނިހިރު | 11:36
ކ. މާފުށީ ޖަލުގައި ބޮޑީ ސްކޭނިން މެޝިނެއް ބަހައްޓައިފި އެވެ.
މި މެޝިން އިފްތިތާހުކޮށް ދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އެވެ. މިއީ މިފަދަ މެޝިނެއް މާފުށީ ޖަލުގައި ބެހެއްޓި ފުރަތަމަ ފަހަރެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނި ގޮތުގައި މިއީ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު ފަހުގެ ބޮޑީ ސްކޭނިން މެޝިނެކެވެ. މިއީ ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން ފޯރުކޮށްދިން މެޝިނެއް ކަމަށްވެސް ކަރެކްޝަންސް އިން ބުނެފައިވެ އެވެ.