ކެންޑިޑޭޓުންގެ މަންދޫބަކަށްވުމަށް ފުރުސަތު ހުޅުވާލައިފި

އަވަސް

28 ފެބްރުއަރީ 2026 | ހޮނިހިރު | 4:56

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ކެންޑިޑޭޓުންގެ މަންދޫބަކަށްވުމަށް ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު އައްޔަން ކުރުމުގެ ފުރުސަތު އިންތިހާބުތަކާބެހޭ އާންމު ޤާނޫނާއި އިންތިހާބުތަކާބެހޭ އާންމު ގަވާއިދުގެ ދަށުން ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިދެ އެވެ. މިގޮތުން ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިއަދުން ފެށިގެން މާޗް 7 ވަނަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

ކެންޑިޑޭޓުގެ މަންދޫބަކަށްވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅަން ޖެހޭނީ އީސީގެ މައި ޕޯޓަލް މެދުވެރިކޮށެވެ.

މައުޟޫޢުތަށް