މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ވަޒީރުންގެ ކޮމިޓީއެއް

އަވަސް

1 މާރިޗު 2026 | އާދިއްތަ | 12:50

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވަޒީރުންގެ މަޖިލީހުގެ ބޭފުޅުން ހިމެނޭ ހާއްސަ ކޮމިޓީއެއް އެކުލަވާލައްވައިފި އެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ މިއީ މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމުގެ މަގުސަދުގައި އެކުލަވާލެއްވި ކޮމިޓީއެއް ކަމަށެވެ.

ކަމާ ގުޅޭ ވުޒާރާތަކުން ކަމާގުޅޭ އެންމެހައި މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރަމުންދާނެ ކަމަށްވެސް ހީނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް